ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ރައްޔިތުންގެ ފަރާތުން ބަހެއް ބުނެލަން އޮތީ އެމްޑީޕީ: ފައްޔާޒު
News

ރައްޔިތުންގެ ފަރާތުން ބަހެއް ބުނެލަން އޮތީ އެމްޑީޕީ: ފައްޔާޒު

މމުހައްމަދު އަލީMay 3, 2025
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެލަން އޮތީ އެމްޑީޕީގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތައް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދަޅުވެއްޖެއެވެ. މިރޭ އެޕާޓީން ބޭއްވި ކުއްލި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޑު ކަނޑުވާލާފައި ކަމަށެވެ. އޭގެ އިތުރުން މިހާރު ރާއްޖޭގައި ކޯޓެއްނެތް ކަމަށްވެސް ވިދާޅުވިއެވެ. ބަސް ބުނަންތިބި މިނިވަން މުއައްސަސާތައް ވަނީ ރައީސް ޑރ. މުއިއްޒުގެ ކޮންޓްރޯލް ދަށަށް ގެނެސްފައި ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ހަލާކުވެ ފުނޑުފުނޑުވެގެންދާއިރު އެއްވެސް ދަތިކަމެއްނެތި ކުރެވެން ހުރި ކަންކަން މިސަރުކާރުން ނުކުރާ ކަމަށާއި އައިޖީއެމްއެޗު އެންއައިސީޔޫއިން މިހާރު ފެނިގެން އުޅޭ ބައްޔަކީ އެކަމުގެ ހެކިކަމަށް ދޭހަވާގޮތަށް ފައްޔާޒު ވިދާޅުވިއެވެ. މިކަންކަމަށް އަޑު އުފުލަން މަގުމައްޗަށް ރައްޔިތުން ނިކުތުމުން ފުލުހުން ނެރެ އެކަމަށް ވެސް ރައީސް މުއިއްޒު ދަނީ ހުރަސް އަޅަމުން ކަމަށް ވިދާޅުވިއެވެ. އިއްޔެ ބޭއްވި މޭޑޭ މުޒާހަރާއާއި ރޭ ޒުވާނުން ބޭއްވި މުޒާހަރާއަށްވެސް ފުލުހުން ހުރަސް އަޅާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެންމެފަހުން އާންމުން ނުކުމެ މިވާހަކަތައް ދައްކަން ފެށީމާ ރައީސް ޑރ. މުއިއްޒު މަސައްކަތްކުރަނީ އެކަން ހުއްޓުވަން ކަމަށާއި އެހެނަސް އެކަމަށް ޖާގާދީގެން ނުތިބެވޭނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Related News