ދިވެހި|English Aug 24, 2026 · 09:38
Top banner
Advertisement
ވޭޕް ޖޫރިމަނާއިން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި
News

ވޭޕް ޖޫރިމަނާއިން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

މމުހައްމަދު އަލީMay 5, 2025
ނިމިގެންދިޔަ އެޕްރީލްމަހު ވޭޕާގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ 39 މީހުންގެ ޖޫރިމަނާގެ ގޮތުގައި 192،500 ރުފިޔާ ދައުލަތަށްވަނީ ލިބިފައި ކަމަށެވެ. އޭގެ ކުރީމަހު ވޭޕްގެ އެކި މައްސަލަ ތަކުގައި ޖުރީމަނާ ކޮށްފައި ލިބިފައިވަނީ އެއްލައްކަ ތޭވީސް ހާސް ރުފިޔާއެވެ. ރާއްޖޭގައި ދުންފަތް މަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސިގިރެޓުގެ އަގޮވަނީ ބޮޑުކޮށްފައެވެ. އަގުބޮޑު ކުރިޔަސް ވަރަށްގިނަމީހުން ދަނީ އަދިވެސް ސިގިރެޓު ބޮމުންނެވެ. ރާއްޖޭގައި މިކަން ހުއްޓުވުމަށް ސަރުކާރުން ގެންދަވަނީ މިކަން ހުއްޓުވުމަށް ފުލުހުންނަށް ގާނޫނީބާރުވެރިކަން ދިނުމެވެ.  

Related News