ދިވެހި|English Aug 24, 2026 · 09:37
Top banner
Advertisement
މިރޭ މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި
News

މިރޭ މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި

މމުހައްމަދު އަލީMay 6, 2025
މަސްތުވާ ތަކެތީގެ ރެކޯޑު އޮންނަ މީހަކަމަށް މިރޭ ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މުރޭ 20:35 އެހައިކަންހާއިރު ކަމަށެވެ. ހަމަލާދީފައިވަނީ އުމުރުން ސާޅީސް އަހަރުގެ މީހަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ސަބްދެލި މަގު ޗާންދަލިޔާ ކައިރީގައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ. "ޒަޚަމް ވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް،" ފުލުހުން ބުނެފައިވެއެވެ. މިމީހާއަށް ހަމަލާދިން ފަރާތާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. އަދި ހަމަލާއަށްފަހު އެމީހާ ހޮސްޕިޓަލަށް ގެންދިޔަކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ވިދާޅުވެފައިވަނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Related News