ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ގުޅިގެން ކުރެވިދާނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފި
News

ގުޅިގެން ކުރެވިދާނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފި

މމުހައްމަދު އަލީMay 7, 2025
އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި ކުޅުދުއްފުށި ސިޓީކައުންސިލް ގުޅިގެން ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މިއަދު މަޝްވަރާކޮށްފި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ކަމަށް މަޝްވަރާ ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.  އެހެންނަވެސް މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީގައި މިއަދުއެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ބައެއް ކައުންސިލަރުންނާއި، ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައިވެރިވެލައްވާފައެވެ.    

Related News