ދިވެހި|English Aug 24, 2026 · 10:39
Top banner
Advertisement
ކުޑަކުދިންނަށް ރައްކާތެރި، މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް: ޝާހިދު
News

ކުޑަކުދިންނަށް ރައްކާތެރި، މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް: ޝާހިދު

މމުހައްމަދު އަލީMay 11, 2025
މިގައުމުގެ މާދަމާގެ ލީޑަރުން ކަމަށްވާ މިއަދުގެ ކުޑަކުދިންނަށް އުފާވެރި، ރައްކާތެރި، ދުޅަހެޔޮ މާހައުލެއް ހޯދައިދިނުމަކީ އެންމެން އުފުލަންޖެހޭ ޒިންމާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުޝާހިދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރި މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓް ފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކުދިންގެ ހެދިބޮޑުވުމަށް ކޮންމެ ދުވަހަކުމެ ބެލެނިވެރިން ރައްކާތެރިވާން ޖެހޭނޭ ކަމަށެވެ. "ކުޑަކުދިންނަކީ މާދަމާ މި ގައުމުގެ ލީޑަރުން. އުފާވެރި، ރައްކާތެރި، ދުޅަހެޔޮ މާހައުލެއް އެކުދިންނަށް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ އުފަލަކަށް ހަދަންޖެހޭ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މާދަމާ ކާމިޔާބީ ބިނާވާނީ މިއަދު ކުރާ ބުރަ މަސައްކަތުގެ މައްޗަށް ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ. "ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެކުދިންގެ ހެދިބޮޑުވުމަށް ކޮންމެ ދުވަހަކުމެ ބެލެނިވެރިން ރައްކާތެރިވާންޖެހޭ،" ދުވަހުގެ ތަހުނިޔާ ކުޑަކުދިންނަށް ފޮނުވަމުން ޝާހިދު ވިދާޅުވެފައިވެއެވެ.

Related News