ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ހަރަކާތްތައް ބައްލަވާލައްވައިފި
News

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ހަރަކާތްތައް ބައްލަވާލައްވައިފި

ހިރި ނިއުސްހިރި ނިއުސްMay 11, 2025
ތައުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތް ކުރައްވައިފިއެވެ. މިއަދު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ، ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ހަދިޔާއެއްވެސް އަރުވައިފައެވެ. ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކާ، ބައްދަލުކުރައްވައިފައެވެ. ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދީންނާއިއެކު އެކުދީންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދެވުމެވެ. މި ހަވީރު އިންތިޒާމު ކުރައްވާފައި ވަނީ، ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިވެސް އެކުގައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

Related News