ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
އެއްވެސް ނުފޫޒަކަށް ބޯލަނބައިފައި ނުވާނެ: މަހާޒު
News

އެއްވެސް ނުފޫޒަކަށް ބޯލަނބައިފައި ނުވާނެ: މަހާޒު

މމުހައްމަދު އަލީMay 14, 2025
ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހާ ކަމަށް މިއަދު މަގާމުން ވަކިކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށެވެ. "ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒު ވިދާޅުވެފައިވެއެވެ. ﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތީ މާއުފާވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. "ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް. ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވެފައިވެއެވެ. ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މަހާޒާއި، އަޒުމިރަލްދާ މަގާމުން ވަކިކޮށްފައިވަނީ އދ. އާއި ކޮމަންވެލްތާއި އަދި އެހެން ތަންތަނުންވެސް އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކޮށްފައިވަނިކޮށްނެވެ.

Related News