ދިވެހި|English Aug 24, 2026 · 08:36
Top banner
Advertisement
މަގު ހުރަސްކުރި އަންހެނެއްގެ ގައިގައިޖެހި މީހެއްގެ ކޮނޑުހުޅު ބިނދިއްޖެ
News

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައިޖެހި މީހެއްގެ ކޮނޑުހުޅު ބިނދިއްޖެ

މމުހައްމަދު އަލީMay 15, 2025
ކުޑަކުއްޖަކު އުރައިގެން މަގުހުރަސް ކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުންޖެހި ތިން މީހުންނަށް ވެސް އަނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9.23 އެހައިކަންހާއިރު ހުޅުމާލޭ ނިރޮޅުމަގުގައެވެ. ސައިކަލުން ޖެހުމާއެކު އެ އަންހެން މީހާ ވެއްޓުނީއެވެ. އޭނާ ނެގީ އެވަގުތު އެމަގުން ދަތުރުކުރި އާންމުގެ މީހުންނެވެ. މިހާދިސާގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ވަނީ ބިންދައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަންހެން މީހާގެ ކާނާތު ފައިތިލަ މަތިން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަންހެން މީހާގެ އަތުގައި އޮތް އެއްއަހަރާއި އަށް މަހުގެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ. މި ހާދިސާގައި ހިމެނޭ ކުޑަ ކުއްޖާއާއި ބޮޑު ދެމީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މިހާރު މިމައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށެވެ. ފާގަކުރެވިފައިވަނީ އެ އަންހެން މީހާ ހުރަސްކޮށްފައިވަނީ ކަފިހި ހުރަހަކުން ނޫން ކަމެވެ.

Related News