ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ހެނބަދުއާއި ކުޑަފަރީގައި އޭޓީއެމް ޚިދުމަތް ފަށައިފި
News

ހެނބަދުއާއި ކުޑަފަރީގައި އޭޓީއެމް ޚިދުމަތް ފަށައިފި

މމުހައްމަދު އަލީMay 15, 2025
ނ.ހެނބަދުއާއި، އެއަތޮޅު ކުޑަފަރީގައި އެޓީއެމް މެޝިން ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިއީ މި ދެރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ރަށުންލިބޭނެގޮތް ހައްދަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުން ކަމަށެވެ. އެ "ވަޢުދު މިއަދުމިވަނީ ފުއްދިފައި،" މިނިސްޓަރ ވިދާޅުވެފައިވެއެވެ. ރައްޔިތުންނާ ގާތުން ބޭންކިންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ލިބިގެންދާ ބޮޑުލުޔެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. "މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމަކީ މިކަންކަން އަވަސްކަމާއިއެކު ހާސިލްވުމުގެ އެންމެ މުހިއްމުސަބަބު،" މިފަދަ ކަންކަން ރައްޔިތުންނަށް ހާސިލް ކޮށްދެއްވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖްމަންޓާއި މުއައްޒަފުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށާއި އެކަމަށްޓަކައި ޝުރު ދަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Related News