ދިވެހި|English Aug 24, 2026 · 08:38
Top banner
Advertisement
ޙައްޖުވެރިންގެ ކަންކަން ބަލަހައްޓާ ޓީމް މައްކާއަށް ފުރައިފި
News

ޙައްޖުވެރިންގެ ކަންކަން ބަލަހައްޓާ ޓީމް މައްކާއަށް ފުރައިފި

މމުހައްމަދު އަލީMay 16, 2025
މިއަހަރު (1446) ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ޓީމް ޙައްޖު މިޝަންގެ މެންބަރުން މައްކާއަށް ފުރާ ވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީ ވިދާޅުވީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް މި މިޝަނުން ކުރަމުން ގެންދާނޭ ކަމަށެވެ. ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަނުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިނާއި، ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާގެ ބޭފުޅެއް ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން މައްކާއަށް ދާނެއެވެ.  

Related News