ދިވެހި|English Aug 24, 2026 · 09:38
Top banner
Advertisement
މަސްވެރިންގެ ފަރާތުން ރައީސަށް ހުށަހެޅުންތަކެއް
News

މަސްވެރިންގެ ފަރާތުން ރައީސަށް ހުށަހެޅުންތަކެއް

މމުހައްމަދު އަލީMay 20, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ މަސްވެރިންގެ ފަރާތުން ކެޔޮޅުންތަކެއް ބައްދަލު ކުރައްވައި ކަންތައްތަކެއް ކޮށްދެއްވުމަށް ހުށަހަޅައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަސްވެރިން އެދިފައިވަނީ ރައީސްގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމާއި، އެފައިސާ ދުވަހުންދުވަހަށް ލިބޭނޭ ގޮތް ހައްދަވައި ދެއްވުމަށެވެ. ރައީސް ވިދާޅުވެފައިވަނީ މިކަން މިގޮތަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް ވެސް މަސްވެރިން އެދިފައިވެއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވުމަށް ވެސް މަސްވެރިން ވަނީ އެދިފައެވެ. މިކަންކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ މަސްވެރިންގެ މި އެދުންތައް ހައްލުކޮށްދެއްވުމަށް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނާ ގާތުން މަސައްކަތްކުރައްވާނޭ ކަމަށެވެ.

Related News