ދިވެހި|English Aug 24, 2026 · 09:38
Top banner
Advertisement
މާލޭގެ ނޯތު ހާބަރު ތަރައްޤީކުރަނީ
News

މާލޭގެ ނޯތު ހާބަރު ތަރައްޤީކުރަނީ

އއިބްރާހީމްް ސަމީރުJun 4, 2025
މާލޭގެ ނޯތު ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ (އެމްޕީއެލް) ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ކެޕްޓަން އަބްދުލް ލަތީފް މުހައްމަދާއި، އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުއީނެވެ. މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ނޯތު ހާބަރުގެ އުޅަނދުފަހަރު ބަނދަރުކުރުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވޭނެ ކަމަށްވެސް ބުނެއެވެ. މި މަޝްރޫއު ކުރިއަށް ދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ބަނދަރުތައް ތަރައްޤީކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ކެޕްޓަން އަބްދުލް ލަތީފް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުއީނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ނޯތު ހާބަރުގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވި، ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Related News