ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ޑރ. ބާރީ އަވަހާރަކޮށްލީ ބާ؟
News

ޑރ. ބާރީ އަވަހާރަކޮށްލީ ބާ؟

އއިބްރާހީމްް ސަމީރުJun 14, 2025
ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ އަވަހާރައާ ގުޅޭގޮތުން ސީރިއަސް ތުހުމަތެއް ކުރައްވައިފި އެވެ. ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ އަވަހާރަވުމާ ގުޅިގެން ދިގު މުއްދަތެއްގައި އުފެދިފައިވާ ޝައްކު މިހާރު ޔަޤީންކަމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. މި ބަޔާނުން ދޭހަވަނީ ޑރ. ޢަބްދުލްމަޖީދުގެ އަވަހާރަވމަކީ ޤަޞްދުގައި ކުރެވުނު ކަމެއްގެ ގޮތުގައި ޝައިޚް އިމްރާން ދެކެވަޑައިގަންނަވާ ކަމެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ތަފްސީރު ޢިލްމުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ 22 މޭ 2018 ގައި ސްރީލަންކާގައި، 55 އަހަރުފުޅުގެ ޢުމުރުފުޅުގައެވެ. ނަމަވެސް، ޝައިޚް އިމްރާންގެ ޕޯސްޓުގައި މި ތުހުމަތާ ގުޅޭ އިތުރު ތަފްޞީލެއް ހިމަނުއްވާފައެއް ނުވެއެވެ. އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ، ޝައިޚް އިމްރާން ހޯމް މިނިސްޓަރުކަން ކުރެއްވި އިރު މިފަދަ ތުހުމަތެއް ކުރައްވާފައި ނުވާކަމެވެ.

Related News