ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
ރައީސް ނަޝީދު އަލުން އެމްޑީޕީއަށް
News

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް

މމުހައްމަދު އަލީJun 24, 2025
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމްޑީޕީ ދޫކޮށް ވަޑައިގެންނެވުމަށްފަހު އަލުން އެޕާޓީއަށް ސޮއިކުރައްވައިފިއެވެ. އެމަނިކުފާނު ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސަލްޓަންޕާކުގައެވެ. ރައީސް ނަޝީދުގެ އިތުރުން ޑެމްސްގެ ގިނަ ބެންބަރުން ވަނީ އެމްޑީޕީއާ ގުޅިފައެވެ. ރައީސް ނަޝީދަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ރޫޅާލައްވާނޭ ކަމަށް ވިދާޅުވެ އެޕާޓީއާ ދެކޮޅަށް ކެންޕޭން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުނީ އެމަނިކުފާނުގެ ސަބަބުން ކަމަށް އެމްޑީޕީގެ އެތައް ބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ. އެމަނިކުފާނާ ހެދ އެފަދަ ދެރައެއް ޕާޓީއަށް ލިބިފައިވަނިކޮށް އަލުން އެމަނިކުފާނު ޕާޓީއަށް ސޮއިކުރެއްވުން ބައެއް މެންބަރުންނަށް ބަލައި ނުގަނެވެއެވެ. ރޭގެ ޖަލްސާގައި އާންމު އުސޫލުން ނަޝީދު ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅުމަކީ އަލުން ގެއަށް ވަޑައިގެންނެވުން ފަދަ ކަމެއް ކަމަށެވެ. އަބަދުވެސް ޕާޓީގެ ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

Related News