ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ގޮވާލަން އޮތް ޕާޓީއަކީ އެމްޑީޕީ: ޝިފާޒު
News

ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ގޮވާލަން އޮތް ޕާޓީއަކީ އެމްޑީޕީ: ޝިފާޒު

މމުހައްމަދު އަލީJun 27, 2025
ރައްޔިތުންނަށް ކަމެއް ދިމާވާހިނދު ރައްޔިތުން އެހީއަކަށް އެދި ގޮވާލަން އޮތީ އެމްޑީޕީ ކަމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހާ ގުޅިގެން ޝިއްޕެ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތުއޮތް އެންމެ ދުވަސްވީ ޕާޓީކަމަށެވެ. އެޕާޓީއަކީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ. "ރާއްޖޭގެ ރައްޔިތުންނަށް އެނގިފައި އޮތް އެންމެ ބޮޑުހަގީގަތަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭ ސިޔާސީ ޕާޓީއަކީ އެމްޑީޕީކަން. އަދި ރައްޔިތުންނަށް ކަމެއްދިމާވާ ވަގުތު ރައްޔިތުން ގޮވާލަންއޮތް ރައްޔިތުންގެ ހެލްޕްލައިންއަކީ އެމްޑީޕީކަން،" އޭނާ ވިދާޅުވިއެވެ. އެޕާޓީ އުފެދި އެންމެން އެކުގައި ކުރިއަށްދާ ދިއުމަކީ ރާއްޖޭގެ މުސްތަގުބަލް އުޖާލާވާނޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

Related News