ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
އައްޑޫގައި އެކްސިޑެންޓެއް، މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ
News

އައްޑޫގައި އެކްސިޑެންޓެއް، މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ

މމުހައްމަދު އަލީJul 3, 2025
އައްޑޫ ސިޓީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކަފިހި ހުރަހުން މަގުހުރަސް ކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:24 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭއީއެޗަށެވެ. ދެ މީހުންކުރެ މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި މީހާއި މަގުހުރަސް ކުރި މީހާއަށް ކަމަށް ބެލެވެއެވެ.

Related News