ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ބެލަރޫސްގެ ޚާރިޖީ ވަޒީރަށް ދިވެހި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
News

ބެލަރޫސްގެ ޚާރިޖީ ވަޒީރަށް ދިވެހި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މމުހައްމަދު އަލީJul 3, 2025
ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ. މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ "ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލަރޫސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" ކަމަށެވެ. އޭގެ އިތުރުން ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، އެގައުމުގެ ބޮޑުވަޒީރަށް ހެޔޮ އެދުންތައް ވަނީ އަރިސް ކުރައްވާފައެވެ. އެގައުމުގެ ބޮޑުވަޒީރަށް ކުރާ މަތިވެރި ޤަދަރު އައުކުރައްވާ ކަމަށާއި، އެކަން ޔަޤީންކޮށް އެރުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.  

Related News