ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ތިލަމާލެ ބްރިޖުގު ޕައިލިންގ މަސައްކަތް ނިމިއްޖެ
News

ތިލަމާލެ ބްރިޖުގު ޕައިލިންގ މަސައްކަތް ނިމިއްޖެ

މމުހައްމަދު އަލީJul 6, 2025
ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލިވެފައިވާ ކަމަށް ވިދާޅުވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. މި މަސައްކަތް ނިމުމުން މުޅި މަޝްރޫޢުގެ 60.84 އިންސައްތަ ނިމުނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ 68 ތަނަކުން ޖުމްލަ 263 ޕައިލް ޖެހުމުގެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށެވެ. މީގެތެރޭގައި އެއްގަމާއި ކަނޑު ސަރަޙައްދުތަކުގައި ޖެހި ޕައިލްތައް ހިމެނެއެވެ. ޕައިލިންގ މަސައްކަތަކީ ބްރިޖްގެ ބިންގާ އެޅުމުގެ މަސައްކަތް ކަމަށްވާއިރު، މިއީ މަޝްރޫޢުގެ އެންމެ މުހިންމު އަދި އެންމެ ގޮންޖެހުން ބޮޑު މަރުޙަލާއެވެ. ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ބްރިޖު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއެކެވެ.  

Related News