ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ޣިޔާސުއްދީން ސްކޫލުގައި ޗެރިޓީ ހަރަކާތެއް ފަށައިފި
News

ޣިޔާސުއްދީން ސްކޫލުގައި ޗެރިޓީ ހަރަކާތެއް ފަށައިފި

މމުހައްމަދު އަލީJul 6, 2025
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އެސްކުލޫގައި ޗެރިޓީ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓު ޝަރަފުވެރި ކޮށްދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މި ހަރަކާތަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުން ނުވަތަ އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަންގަވައިގެން މިފަދަ ހަރަކާތެއް ހިންގެވީތީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.  

Related News