ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރު ކޮށްފި
News

މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީJul 6, 2025
މަސްތުވާތަކެއްޗާއެކު ހއ. ދިއްދޫން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކުރީ ފުލުހުންގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން 2025 ޖުލައި 3 ވަނަ ދުވަހު ދިއްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުންވިދާޅުވެފައިވެއެވެ. މިއާއެކު ހައްޔަރުކޮށްފައިވަނީ ދިއްދޫ، ލިލީމާގޭ، އިރުފާޙު ޝަފީޤު (25އ) އެވެ. އިރުފާޙު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.  

Related News