ދިވެހި|English Aug 24, 2026 · 09:35
Top banner
Advertisement
ބަނގްލަދޭޝް އަނބު
News

ބަނގްލަދޭޝް އަނބު

އއިބްރާހީމްް ސަމީރުJul 20, 2025
ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބަނގްލަދޭޝްގެ މަޝްހޫރު އަނބު ފޮނުއްވާފައެވެ. ބަންގްލަދޭޝްގެ އަނބު ގަސްތަކުގެ މީރުކަން ފެންނަ މި މޭވާ ފޮނުވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ނިޝާނެއްގެ ގޮތުގައެވެ. ބަނގްލަދޭޝްގެ ހައިކޮމިޝަން ހިންގަވަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކްޓިންގ ހައި ކޮމިޝަނަރ މުޙައްމަދު ސޮހައިލް ޕަރުވޭޒް ވަނީ، ރައީސުލްޖުމްހުރިއްޔާއާ ހަވާލކު ކުރެއްވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދަށް މިއަނބު ހަދިޔާ ހަވާލުކުރައްވާފައެވެ. މި އަނބު ހަދިޔާ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Related News