ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ތަރައްގީ ހާސިލް ކުރެވޭނީ ނަފުސު އިސްލާހުކޮށްގެން: ރައީސް
News

ތަރައްގީ ހާސިލް ކުރެވޭނީ ނަފުސު އިސްލާހުކޮށްގެން: ރައީސް

މމުހައްމަދު އަލީJul 27, 2025
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަމަލީ ގޮތުން މިހާރު ފެންނަމުން އެދަނީ، އަދި ފެންނަމުން ދާނީވެސް ތަރައްޤީގެ މަސައްކަތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ތަރައްޤީ ހާސިލުވާން އޮތީ، އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެންކަމުގައި ރައީސް ވިދާޅުވިއެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުވާނު ވިދާޅުވީ އަމިއްލަ ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެން ނޫނީ ޙަޤީޤީ ތަރައްޤީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވާ ކަމަށެވެ. ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަޚުރުވެރިވެ، އަބުޠާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ޤަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ޤައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ، ޤައުމަށް ތަރައްޤީ ގެނައުމުގެ އެއްވެސް މާނައެއްނެތްކަމަށް ރައީސް ވިދާޅުވިއެވެ.  

Related News