ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި
News

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީAug 2, 2025
މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށީ ޖަގަހައަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓަރ، މުހައްމަދު ރަޒީނެވެ. އޭނާއަކީ އުމުރުން ނަވާޅީސް އަހަރުގެ މީހެކެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އޮގަސްޓް އެއްވަނަ ދުވަހުގެރޭ 1:30 އެހައިކަންހާއިރު ކަމަށެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News