ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ
News

މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ

މމުހައްމަދު އަލީAug 4, 2025
މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާ ކަމަށް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތައް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. މަހުގެ އެކްސްޕޯޓަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހޯދިފައިވަނީ 52 މިލިޔަން ޑޮލަރެވެ. މިއީ މަސް އެކްސްޕޯޓުން ލިބުނު އާމްދަނީ 43 އިންސައްތައިގެ ކުރިއެރުމެއް ހޯދިކަން ދައްކުވައިދޭ ހިސާބެކެވެ. މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ ތަފްސީލު ތިރީގައި މިވަނީއެވެ.
  • ޖަނަވަރީ: 8.6 މިލިޔަން ޑޮލަރު
  • ފެބްރުއަރީ: 13.3 މިލިޔަން ޑޮލަރު
  • މާރިޗު: 12.4 މިލިޔަން ޑޮލަރު
  • އެޕްރީލް: 18.2 މިލިޔަން ޑޮލަރު
  • މެއި: 11.2 މިލިޔަން ޑޮލަރު
  • ޖޫން: 10.8 މިލިޔަން ޑޮލަރު
މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެކްސްޕޯޓު ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މި ކުރިއެރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.  

Related News