ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
މީޑިއާ ބިލް އަނބުރާ ގެންދިއުމަށް ރައީސް ސާލިހު ގޮވާލައްވައިފި
News

މީޑިއާ ބިލް އަނބުރާ ގެންދިއުމަށް ރައީސް ސާލިހު ގޮވާލައްވައިފި

މމުހައްމަދު އަލީAug 20, 2025
ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް،" ކަމަށެވެ. މީޑިއާއަކީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ ވަސީލަތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން މީޑިއާގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ރައީސް ސާލިހު ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

Related News