ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ
News

ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ

މމުހައްމަދު އަލީSep 15, 2025
ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުންދިޔަ ސާދަ އަހަރުގެ އަންހެން ކުއްޖާ ރޭ ދަންވަރު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެކުއްޖާ ފެނިފައިވަނީ ރޭ ދަންވަރު 2:40 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފެނުނުއިރު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭ 9:15 އެހައިންކަންއިރު ކަމަށެވެ. އޭނާ ހޯދަން ފެށީ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވާކަމަށް އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމުންނެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރީ ފުލުހުންނާއި ރަށު ކައުންސިލް ގުޅިގެންނެވެ.  

Related News