ދިވެހި|English Aug 24, 2026 · 08:47
Top banner
Advertisement
ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު ގެއެއްގެ ތެެރެއިން ފެނިއްޖެ
News

ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު ގެއެއްގެ ތެެރެއިން ފެނިއްޖެ

މމުހައްމަދު އަލީSep 15, 2025
ކަރަށް ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެއެވެ. މިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގައި ޖިނާއީ ތުހުމަތެއް ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް އޮތީ ވަޅިއެއް ހަރާލާފަ އެވެ. މިހާތަނަށް އެނގިފައިވާގޮތުގައި، އެމީހާ މަރުވެފައި އޮއްވާ ފެނުނީ ތަޅުލާފައި ހުރި ތަނަކުންނެވެ. ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 7:22 ގައިކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Related News