ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ނޭޕާލް އަންހެނަކަށް ހަަމަލާދީ ޒަހަމް ކޮށްލައިފި
News

ނޭޕާލް އަންހެނަކަށް ހަަމަލާދީ ޒަހަމް ކޮށްލައިފި

މމުހައްމަދު އަލީSep 27, 2025
ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބުނު ކަމަށެވެ. މިހާދިސާގައި ހަމަލާދީ ޒަހަމްކޮށްފައިވާ މީހާއަކީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނެއް ކަމަށް ފުުލުހުން ބުނެފައިވެއެވެ. އެކަމަކު އޭނާއަށް ހަމަލާދިނީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Related News