ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ތިނަދޫ ޕޮލިހުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
News

ތިނަދޫ ޕޮލިހުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

މމުހައްމަދު އަލީSep 28, 2025
ގދ.ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ. މިއަދު ނައްތައިލާފައި ވަނީ 10 ފުޅި ބަނގުރަލާއި 57 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކާޑެއްދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Related News