ދިވެހި|English Aug 24, 2026 · 09:37
Top banner
Advertisement
އުމުރުން ދުވަސްވީ ކޮންމެ މީހަކީ އަގުހުރި މުތެއް: ރައީސް
News

އުމުރުން ދުވަސްވީ ކޮންމެ މީހަކީ އަގުހުރި މުތެއް: ރައީސް

މމުހައްމަދު އަލީOct 1, 2025
އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ "އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް،" ކަމަށެވެ. އުމުރުން ދުވަސްވީ މީހުންގެ ދުވަހާގުޅިގެން އެމަނިކުފާނު ކުރެއްވި މި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށް ހެދުން ކަމަށެވެ. އަދި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ތިޔައިން ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި،" ރައީސް ވިދާޅުވިއެވެ.ތޯ  

Related News