ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
މަރާމާތަށްފަހު އުމަރުގެ ސަބްމެރިން އޮޕަރޭޝަނަން
News

މަރާމާތަށްފަހު އުމަރުގެ ސަބްމެރިން އޮޕަރޭޝަނަން

މމުހައްމަދު އަލީOct 2, 2025
ގާތްގަނޑަކަށް 45 ދުވަހުގެ މަރާމާތަކަށްފަހު އުމަރު ނަސީރުގެ ވޭލް ސަބްމެރިން އަލުން އޮޕަރޭޝަނަން ނެރެފިއެވެ. ފަސިންޖަރ ސަބްމެރިންގެ ޚާއްސަ މަރާމާތަށްފަހު އަލުން ޚިދުމަތަށް މިނެރުނީ ކުރަންޖެހޭ ޓެސްޓުތަށް ވެސް ކޮށް ނިންމުމަށްފަހު ކަމަށް ސަބްމެރިން ހިންގާ ކުންފުނީން ވަނީ ބުނެފައެވެ. ރާއްޖޭގައި މި ސަބްމެރިން އޮޕަރޭޓު ކުރާތާ މިހާރު ފަންސަވީސް އަހަރު ވަނީއެވެ. މިދުވަސްތަކުގައި އިކޮނޮމީ ދަށްވެގެން ވަރަށްބޮޑަށް ކުންފުންޏަށް ގެއްލުންވި ދުވަސްތަކެއްވެސް ވަނީ ހޭދަކޮށްފައެވެ. ޚާއްސަކޮށް ކޮވިޑުގެ ހައްސާސް ދަނޑިވަޅުގައި މިމައްސަލަ ވަރަށް ބޮޑަށް ދިމާވިއެވެ. އެކުންފުނިން އުންމީދު ކުރަނީ އިގްތިސާދު ރަނގަޅުވެ ސަބްމެރީންނަށް ފައިދާވާނޭ ދުވަހަކަށެވެ.

Related News