ދިވެހި|English Oct 8, 2026 · 20:25
Top banner
Advertisement
ރަށްރަށުން އެތައްސަތޭކަ ބަޔަކު މުޒާހަރާގައި ބައިވެރިވާނެ: ފައްޔާޒު
News

ރަށްރަށުން އެތައްސަތޭކަ ބަޔަކު މުޒާހަރާގައި ބައިވެރިވާނެ: ފައްޔާޒު

މމުހައްމަދު އަލީOct 2, 2025
މާދަމާރޭ މާލޭގައި އެމްޑީޕީން ބާއްވާ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވުމަށް ރަށްރަށުން އެތައްސަތޭކަބަޔަކު މާލެއައިސް މުޒާހަރާގައި ބައިވެރިވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ވަގުތެއްގައި މިފަދަ މުޒާހަރާއަކަށް ރަށްރަށުން އައުމަށް ގޮންޖެހުންތަކެއް ހުންނާނޭ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ރަށްރަށުން މީހުން އަންނާނޭ ކަމަށެވެ. މާދަމާރޭގެ އެއްވުމުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީވެސް ނުކުންނާނެއެވެ. ފައްޔާޒު ވިދާޅުވީ މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ވެސް އެބައޮތްކަމަށެވެ.

Related News