ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް މަސައްކަތްކުރަނީ މުދައްރިސުން
News

ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް މަސައްކަތްކުރަނީ މުދައްރިސުން

މމުހައްމަދު އަލީOct 5, 2025
މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ މުދައްރިފުންގެ ދުވަހުގެ މނާސަބަތުގައި، ފޮނުއްވެވި ވީޑިއޯ މެސެޖްގައެވެ. މިނިސްތަރު ވިދާޅުވީ، މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަމަށެވެ. މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމށް ސްކޫލްތަކުގައި މިއަދު އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި 11000އަށްވުރެ ގިނަ މުދައްރިސުން ތައުލީމް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

Related News