ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
އެންޑީއޭއަށް ސީއީއޯ އަކު ނުނަގަނީ ކީއްވެތޯ ހޯމް މިނިސްޓަރާ ސުވާލު ކުރަނީ
News

އެންޑީއޭއަށް ސީއީއޯ އަކު ނުނަގަނީ ކީއްވެތޯ ހޯމް މިނިސްޓަރާ ސުވާލު ކުރަނީ

މމުހައްމަދު އަލީOct 6, 2025
ގާނޫނުގައި ބަޔާންކުރާގޮތަށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯއަކު ނުނަގާ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ފޮނުވާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންަބރު މުހައްމަދު އިބްރާހިމް އެވެ. އެންޑީއޭގެ ބޯޑުން ހަދާފައިވާ ގަވާއިދު ބަޔާންކުރާގޮތުނ،ް އެ އެޖެންސީގެ ސީއީއޯ އަކަށް ހުންނަވާ ބޭފުޅަކީ ޑިގްރީ ސަނަދު އޮންނަ މީހަކަށްވުން ލާޒިމުކުރެއެވެ. ނަމަވެސް އެންޑީއޭގައި މިހާރު ހުންނަވަނީ އެކްޓީން ސީއީއޯއެކެވެ. އެކްޓިން ސީއީއޯއަކީ ގާނޫނު ދަންނަ މަފްހޫމަކަށް ނުވާހިނދ،ު ކަމުގެ އެއްވެސް އިލްމެއް އަދި ތަޖުރިބާއެއްނެތް ބޭފުޅަކު އެންޑީއޭގެ އެކްޓިން ސިއީއޯއަކަށް ހުންނަވާތާ ދެއހަރު ވަނީ ކަމަށް މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާގޮތަށް އެންޑީއޭއަށް ސީއީއޯއަކު ނުނަގަނީ ކީއްވެތޯ މެންަބރުން ވަނީ ސުވާލު ކުރައްވައިފައެވެ.

Related News