ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ހަތަރު ބޭފުޅުން ވެސް އެންއައިސީއަށް އައްޔަން ކުރަން ފާސްކޮށްފި
News

ހަތަރު ބޭފުޅުން ވެސް އެންއައިސީއަށް އައްޔަން ކުރަން ފާސްކޮށްފި

މމުހައްމަދު އަލީOct 14, 2025
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުން މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ. މިއީ އެ ކޮމިޝަނުގައި ތިއްބެވި ހަތަރު މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 26 އަށް ހަމަވާތީ އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަމެވެ. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެބޭފުޅުންނަށް ދެއްވި މާކްސް: ފާތުމަތު ޝަރީފް، ގދ. ތިނަދޫ މާކޯޅި، 93.43 ޕަސެންޓް ޝިފާޒް އަލީ ދަފްތަރު، ރސ. 12854، 86.43 ޕަސެންޓް ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ރސ. 1188، ޕަސެންޓް އަލީ މުހައްމަދު މަނިކު، ދަފްތަރު ރސ. 1851، ޕަސެންޓް

Related News