ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ވީއައިއޭއަށް ގެންދިޔަ ފައިސާ ތަކެއް ފޭރިގެންފި
News

ވީއައިއޭއަށް ގެންދިޔަ ފައިސާ ތަކެއް ފޭރިގެންފި

މމުހައްމަދު އަލީOct 27, 2025
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޓަރމިނަލް އެކަކަށް ގެންދިޔަ ފައިސާތަކެއް ފޭރިގެންފިއެވެ. އެ ފައިސާ ފޭރިގެންފައިވަނީ ފައިސާ ހިފައިގެން ޓަރމިނަލަށް ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފުން އަތުންނެވެ. ފުލުހުން ވިދާޅުވީ އެފައިސާ ހުރީ ސޫޓުކޭހެއްގައި ކަމަށެވެ. ފައިސާ ފޭރިގެންފައިވަނީ މޫނު ނިވާކޮށްގެންތިބި ބަޔަކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:45 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެފައިވެއެވެ. މި ފައިސާ ގެންދިޔުމމުގައި ފުލުހުންގެ ސެކިޔުރިޓީ ބޭނުން ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ވީއައިއޭ ޓަރމިނަލަކީ ސައުވީސްގަޑިއިރު ސެކިޔުރިޓީ ބަލަހައްޓާތަނެކެވެ. އެފަދަ ތަނަކުން މިގޮތަށް ފައިސާ ފޭރިގަތުމުން އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެނގިފައިވާ ގޮތުގައި މިފައިސާއަކީ ފުރާ މީހުންނަށް ވިއްކުމަށް ގެންދިޔަ ޑޮލަރުތަކެކެވެ. ފޭރިގެތް ފައިސާގެ އަދަދު ލައްކައެއްހާ ޑޮލަރަށް އަރާނޭކަމަށް ވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

Related News