ދިވެހި|English Aug 24, 2026 · 09:33
Top banner
Advertisement
ހިޔާ ޓަވަރަކުން މީހަކުވެއްޓި މަރުވެއްޖެ
News

ހިޔާ ޓަވަރަކުން މީހަކުވެއްޓި މަރުވެއްޖެ

މމުހައްމަދު އަލީNov 1, 2025
ހުޅުމާލޭ ފޭސް ދޭއްގައި ބިނާކޮށްފައިވާ އަށްވަނަ ޓަވަރުގެ ސާދަވަނަ ބުރީން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެމައުލޫމާތު ފުލުހުންނަށް އަންގާފައިވަނީ މިއަދު ހެނދުނު 8:32 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ވެއްޓިފައިވަނީ ފިރިހެނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

Related News