ދިވެހި|English Aug 24, 2026 · 09:45
Top banner
Advertisement
އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ރާއްޖެއަށް ވަޑައިގެންފި
News

އިންޑިއާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު، ރާއްޖެއަށް ވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސްNov 9, 2025
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ، މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެފިއެވެ. ރާއްޖެއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެއާޕޯޓުން މަރްޙަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގައި ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށްދިޔަ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އެގައުމުގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

Related News