ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ކޮރަޕްޝަން އޮތްކަން ރައީސަށް އެނގުމުން ހިތްވަރު ލިބިއްޖެ: ފިރާގު
News

ކޮރަޕްޝަން އޮތްކަން ރައީސަށް އެނގުމުން ހިތްވަރު ލިބިއްޖެ: ފިރާގު

މމުހައްމަދު އަލީNov 12, 2025
ސަރުކާރު ތެރޭގައި ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކޮރަޕްޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެނެވަޑައިގެން، އެކަން ގަބޫލުކުރެއްވުމަކީ ހިތްވަރު ލިބުނު ކަމެއް ކަމަށް އިނަރމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އެއީ "މާނަހުރި އިސްލާހަކަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއެކު މިތިބީ އަތުކުރި އޮޅާލައިގެން ފަސްޖެހިމެއް ނެތި  ތަކުރާކޮށް މިވާހަކަ ދާއްކާ އަލިމަގެއް ހޯދުމުގައެވެ." ފިރާގު ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. އެހެން ކަމުން މިހާތަނަށް ޙާޞިލުކުރެވިފައިވާ ކަންކަމާމެދު ވިސްނާލުން މުހިއްމު ކަމަށްވެސް ވިދާޅުވެފައވެއެވެ. "އަޅުގަނޑަށް ވިސްނޭ ގޮތުގައި ފުރިހަމަ މަންޒަރު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުގައި ވިޔަސް، އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ، ޤައުމު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވުނު އެތައް މަސައްކަތެއް ވާކަމެވެ." އެފްބީގެ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ. ފިރާގު ވިދާޅުވެފައިވަނީ ހަގީގީ ކުރިއެރުމަކަށް ބޭނުންވަނީ ހުރިހާ ފަރާތްތަކެއް ހިމެނިގެން ކަންކަން ކުރުން ކަމަށެވެ. ކުރިއަށް އޮތް ތިން އަހަރަކީ، މިއަށްވުރެ ބޮޑު ބަދަލެއް އަންނާނެ، އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަރުގަދަ ދުވަސް ތަކަކަށް ވާނެކަން ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Related News