ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
މަސްވެރިކަމާއި، ދަނޑުވެރިކަން، ބިދޭސީންނަށް ދޫކޮށްގެން ތިބެވެން ނެތް: މޭލާ މޭޔަރ
News

މަސްވެރިކަމާއި، ދަނޑުވެރިކަން، ބިދޭސީންނަށް ދޫކޮށްގެން ތިބެވެން ނެތް: މޭލާ މޭޔަރ

ހިރި ނިއުސްހިރި ނިއުސްNov 13, 2025
ތަޖުރިބާ ދަތުރެއްގައި މާލެ އައިސް އުޅޭ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް އެގާރަ އަދި ބާރާގައި ކިޔަވަނުބް އަންނަ ދަރިވަރުން، މާލެ ސިޓީ ކައުންސިލަށް ޒިޔާރަތް ކޮށްފިއެވެ. މި ޒިޔާރަތުގައި، އެ މަރުކަޒުގެ ދަރިވަރުން ވަނީ، ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ގޮސް ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދައި އޮޅުން ފިލުވައިފައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ރަށެއްގެ ދަރިވަރުން، މާލެ ސިޓީ ކައުންސިލަށް ރަސްމީކޮށް ކުރި ފުރަތަމަ ޒިޔާރަތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ދަރިވަރުންގެ ޝަރަފުގައި ސިޓީކައުންސިލުން ވަނީ ލޮނުޒިޔާރަތް ޕާކުގައި، ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ކިޔަވާ ކުދިންނަކީ، އެ މަނިކުފާނުގެ ހިތްޕުޅުގައި، ވަރަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ބައެއް ކަމަށެވެ. އަދި ކިޔަވާ ކުދިންނާ ބައްދަލުވާ ކޮންމެ ފަހަރަކު، ވަރަށް ޚާއްޞަ އުފަލެއް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. " ވަޒީފާއެއް ވިއްޔާ ކުރަންޖެހޭ މަސައްކަތް ހުންނާނެކަން ގަބޫލު ކުރަންޖެހޭ. މަސައްކަތްނެތް ވަޒީފާއެއް ނުހުންނާނެ. މަސްވެރިކަމާއި،ދަނޑުވެރިކަމާއި ވިޔަފާރި ބިދޭސީން ކުރަން ދޫކޮށްލައިގެން ތިޔަކުދިން ތިބެއްޖެނަމަ، ދެންއަންނަ ދިވެހި ޖީލަށް، މިގައުމު ނުފެންނާނެ،" އެ މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަނީ، މާލެ ސިޓީ ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

Related News