ދިވެހި|English Aug 24, 2026 · 09:39
Top banner
Advertisement
ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި
News

ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި

މމުހައްމަދު އަލީNov 14, 2025
ޕީއެންއެފްއިން މިރޭ ބާއްވަން އުޅުނު ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ފަސްކޮށްފިއެވެ. ޕީއެންއެފްއިން ބުނެފައިވަނީ ޖަލްސާ ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެޕާޓީއަކުން ނުދެއެވެ.  ޖަލްސާ ދެން ބާއްވާނީ އާދީއްތަ ދުވަހުގެރޭ ކަމަށް އެޕާޓީން ބުނެފައިވެއެވެ. މިޖަލްސާ ޕްރޮމޯޓުކޮށްފައިވަނީ ފޯރިގަދަވާނޭ ޖަލްސާއެއްގެ ގޮތުގައެވެ. އަދި ހުސް ގޮނޑީގެ ހަގީގަތް ވެސް ކިޔައިދޭނޭ ކަމަށް އެޕާޓީގެ ނާއިބު ރައީސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. މިރެއަކީ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ބޮޑު ޖަލްސާ ވެސް ބާއްވާ ރެއެވެ. މިޖަލްސާއަށް އެތައްބަޔަކުވަނީ މާލެ ގެނެސްފައެވެ. މިޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.

Related News