ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ޑްރަގުގެ މައްސަލަތަކުގައި އަތުލައިގަންނަ މީހުންނަށް ހައްގު އަދަބު ދޭނެ: ނާއިބު ރައީސް
News

ޑްރަގުގެ މައްސަލަތަކުގައި އަތުލައިގަންނަ މީހުންނަށް ހައްގު އަދަބު ދޭނެ: ނާއިބު ރައީސް

މމުހައްމަދު އަލީNov 18, 2025
މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ރީހެބިލިޓޭޝަންދޭ މަރުކަޒުތައް މިސަރުކާރުން މިހާރުވަނީ ގާއިމްކޮށްފައި ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އެމަސައްކަތުގެ ދަށުން ޑްރަގު ނެޓްވޯރކުގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް ޝަރީއަތް ކުރެވި ހައްގު އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ހަމަހަމަކަން އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، ތެލަސީމިއާ ކުދިންނާއި އެކަނިވެރި މައިންނަށް، އިތުރު އިނާޔަތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ ކަންވެސް ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ނާއިބު ރައީސް ވިދާޅުވިއެވެ.

Related News