ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
އެއަރ އެމްބިއުލާންސް ޚިދުމަތް 1800 ބަލިމީހުންނާ ހަމައަށް
News

އެއަރ އެމްބިއުލާންސް ޚިދުމަތް 1800 ބަލިމީހުންނާ ހަމައަށް

އއިބްރާހީމްް ސަމީރުNov 21, 2025
މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ބޭނުންކޮށްގެން ޖުމްލަ 1562 ކުއްލި ޞިއްޙީ ހާލަތު ކުރިއަށް ގެންދެވިފައިވެއެވެ. އެއަރ އެމްބިއުލާންސްގެ ސަބަބުން އެކި ރަށްރަށުން ޖުމްލަ 1800 ބަލިމީހުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދެވި، ޞިއްޙީ ފަރުވާ އަވަހަށް ލިބިގެން ގޮސްފައިވެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 01 ވަނަ ދުވަހުއެވެ. އެއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި ދުރު ރަށްރަށުގައި ކުއްލި ޞިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާއެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ. ރާއްޖޭގެ ރަށްތައް ދުރުގައި ހުރުމާއެކު، ކުއްލި ޞިއްޙީ ހާލަތްތަކުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ، އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ޚިދުމަތެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ވެރިކަމުގެ ކާމިޔާބު ދެ އަހަރުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިގެން މިހާތަނަށް ލިބިފައިވާ ބޮޑު ކާމިޔާބީއެވެ.

Related News