ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އުންމީދީ ޕްލޭނަކާއެކު އަލީ އާޒިމް ކެންޕޭން ފަށައިފި
News

އުންމީދީ ޕްލޭނަކާއެކު އަލީ އާޒިމް ކެންޕޭން ފަށައިފި

މމުހައްމަދު އަލީNov 21, 2025
މާލެ ސްމާޓު ސިޓީއަކަށް ބަދަލުކޮށްލާނޭ ކަމުގެ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވަމުން މާލޭސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ހޯދުމުގެ ކެންޕޭން އަލީ އާޒިމް ރޭ ފަށައިފިއެވެ. އަލީ އާޒިމަކީ މެދު ހެންވޭރުދާއިރާގެ މަޖިލިސްގެ ގޮނޑި ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ކެންޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވެވި ޖަލްސާގައި އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ގަބުރުސްތާނުތައް ސާފުކުރުން ނޫންކަމަށެވެ. އެހެންނަމަވެސް އޭނާގެ މޭޔަރުކަމުގެ ދަށުގައި މާލެ ބަދަލުކޮށް ސްމާޓު ސިޓީއަކަށް ހަދާލުމުގެ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަނީ މާލޭގެ މަގުތަކުގެ ކާނު ސާފުކުރާތަން ކަމަށާއި އަދި ގަސް އިންދާތަން ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ އޭނާގެ މޭޔަރު ކަމުގެ ދަށުގައި މާލެ ދިރިއުޅެން ފަސޭހަ ތަނަކަނަށް ހަދާނޭ ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަ މަތިކުރުމަށްޓަކައި ކަންކަމުގައި ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދައިދީ ސްމާޓް ސިޓީއަކަށް ބަދަލު ކުރެވިދާނޭ ކަމަށެވެ. އޭގެ ސަބަބުން ރައްކާތެރި ތަނަކަމަށް މާލެ ހެދިދާނޭ ކަމަށް ވިދާޅުވިއެވެ. އަދި މޮނިޓަރިން ނިޒާމު ވަރުގަދަކޮށް ކުށްމަދުތަނަކަށް މާލެ ހެދޭނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންނަށް ދޭ ބައެއް ޚިދުމަތްތައް ފޯނު މެދުވެރިކޮށް ދެވިދާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭ ރައްޔިތުން އާއިލާތަކާއެކު ހިތްފަސޭހަކޮށްލުމަށްޓަކައި މައިޒާންތަކާއި ހިތްފަސޭހަ މާހައުލުތައް ތަރައްގީކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.  

Related News