ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ވަނީ ދިރިދިރި: ރައީސް
News

ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ވަނީ ދިރިދިރި: ރައީސް

މމުހައްމަދު އަލީNov 23, 2025
ދޮންބަންޑާރައިންގެ ގައުމީ ޖިހާދަށް 281 އަހަރުވެގެންދިޔައިރުވެސް އެމަނިކުފާނުގެ ގައުމީ ޖިހާދުގެ ހަނދާންތައް ދިވެހި ފަސްގަނޑުގައި ވަނީ ދިރިދިރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުރަވީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ "ދޮންބަންޑާރައިންގެ ހިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި،" ކަމަށެވެ. https://twitter.com/MMuizzu/status/1992441750817017993 ދޮންބަންޑާރައިންނަކީ، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ބަތަލެވެ. "ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން،" ރައީސް ވިދާޅުވެފައިވެއެވެ.

Related News