ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި
News

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

މމުހައްމަދު އަލީNov 23, 2025
ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހީމެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށްޓެވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ.ދިއްދޫ ކައުންސިލުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެރަށުގައި ބިނާކުރަނީ 4 ފަންގިފިލާގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި 50 އެނދު ހިމެނެއެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 780 ދުވަސްތެރޭގައި ނިންމުމަށެވެ. މަޝްރޫއުގެ އަގަކީ 185.57 މިލިޔަން ރުފިޔާއެވެ.

Related News