ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވެއްޖެ
News

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވެއްޖެ

މމުހައްމަދު އަލީNov 24, 2025
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މިރޭ އެމަގާމުން އިސްތިއުފާ ދެއްވުމާ އެމަގާމް ހުސްވެއްޖެއެވެ. ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއަށްފަހުގައެވެ. އޭނާ އިސްތިއުފާ ދެއްވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މިއަހަރު އޮގަސްޓު މަހުވެސް ފައްޔާޒު އިސްތިއުފާ ދެއްވަން ނިންމެވިއެވެ. އެހެންނަމަވެސް އެކިސަބަބުތަކާ ހެދި ލަސްވެގެންދިޔައީއެވެ. ފައްޔާޒު އެމްޑީޕީގެ ޗެއަރޕާސަނަކަށް ވަޑައިގެންނެވީ 2022 ވަނަ އަހަރު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އިންތިޔާޒު ފަހުމީއާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ފައްޔާޒުގެ ޗެއަރޕާސަން ކަމުގެ ދަށުން ޕާޓީވަނީ އިދާރީގޮތުންނާއި އެހެނިގެން ގޮތްގޮތުން ކުރިއެރުންތަކެއް ހޯދައިފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމުގެ ރައީސް ނަޝީދު ވަނީ އެކަމަށް ތައުރީފް ކުރައްވައިފައެވެ. ފައްޔާޒު އިސްތިއުފާ ދެއްވުމާއެކު އެމަގާމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން މީމު ސައްޕެ ވަނީ ފާޅު ކޮށްފައެވެ.

Related News