ދިވެހި|English Jul 10, 2026 · 02:15
Top banner
Advertisement
ފައްޔާޒުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނާނެ: ރައީސް ސާލިހު
News

ފައްޔާޒުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނާނެ: ރައީސް ސާލިހު

މމުހައްމަދު އަލީNov 24, 2025
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ފައްޔާޒު އިސްމާއީލް ހުންނެވި ދުވަސްވަރު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި ހުނަވައިގެން ފައްޔާޒު ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. "މަނިކުފާނުގެ ޗެއަރޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ." ފައްޔާޒު އިސްމާއީލަށް ބާއްޖަވެރި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނޭ ކަމަށް ރައީސް ސާލިހުން ވިދާޅުވެފައިވެއެވެ. އަބަދުވެސް އެމްޑީޕީ އަށް ކުރިއެރުން ލިބުން އެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Related News