ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
ސްވިޗްގިއަރެއް ރަނގަޅު ކުރަނިކޮށް ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާ ވެއްޖެ
News

ސްވިޗްގިއަރެއް ރަނގަޅު ކުރަނިކޮށް ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާ ވެއްޖެ

މމުހައްމަދު އަލީNov 26, 2025
ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިހާދިސާގައި އެކުންފުނީގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ. ހުޅުމާލޭ ބައު އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެއިން މިއަދުވަނީ ކަރަންޓުވެސް ގޮސްފައެވެ. އެހެނަމަވެސް ބޮނޑިބަތްޕާކު ސަރަހައްދުގެ ގެތައް ފިޔަވާ އެހެން ހިސާބުތަކަށް މިހާރުވަނީ ކަރަންޓު ދޭން ފަށައިފައެވެ.  

Related News