ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ: ރައީސް
News

ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ: ރައީސް

މމުހައްމަދު އަލީNov 26, 2025
ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިމަހު ފަންސަވީސްވަނަ ދުވަހުގެރޭ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅުވައިގެންނެވެ. ރައްޔިތުންގެ މިކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަޕްޑޭޓު ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Related News